ސިޔާސީ

ރައީސް މައުމޫނުގެ ބޭސްފަރުވާއަށް އިހުމާލުވި މައްސަލައިގައި ދަޢުވާކުރަން ފޮނުވައިފި

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ޖަލު ބަންދުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ބޭއްފަރުވާއަށް އިހުމާލުވިކަމަށް ބުނާ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެެވެ.

މައުމޫންގެ އާއިލާއިން ހުށައެޅި މައްސަލަ ބަލާ ނިންމާ ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް އެޗްއާރސީއެމުން ފޮނުވިނަމަވެސް ދައުވާކުރަން އެދުނި ކޮން ބަޔަކާއި ދެކޮޅަށްކަމެއް އެ ކޮމިޝަނުން ހާމައެއްނުކުރެއެވެ.

ކަރެކްޝަނަލް ސަރވިސް އިން ރައީސް މައުމޫނުގެ ބޭސްފަރުވާއަށް އިހުމާލުވެފައިވާކަމަށް ބުނެ އާއިލާއިން އެމައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައިވަނީ އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރު ނެރުމުގައި ރައީސް މައުމޫންގެ ދައުރެއް އޮތްކަމަށް ބުނެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން މައުމޫނު ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާވެސް ރައީސް ޔާމީންގެ ސަރުކާރުންވަނީ އުފުލާފައެވެ. ނަމަވެސް މައުމޫންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާޠިލުކޮށް، އެމަނިކުފާނުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ޕީޖީ އޮފީހުން ވަނީ އަނބުރާ ނަގާފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އޭރުގެ ސަރުކާރާ ދެކޮޅަށް ސުޕްރީމް ކޯޓުމެދުވެރިކޮށް އަމުރެއް ނެރެން މަސައްކަތްކުރިކަމަށް ތުހުމަތުކޮށް، ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން މައުމޫނު ހައްޔަރުކުރިއިރު، ސަރުކާރުން ވަނީ މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާވެސް އުފުލާފައެވެ. ނަމަވެސް މައުމޫންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާޠިލުކޮށް، އެމަނިކުފާނުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ޕީޖީ އޮފީހުން ވަނީ އަނބުރާ ނަގާފައެވެ.