ސިޔާސީ

ހަތިޔާރުން ފެނުނީ ނާޒިމްގެ ފިންގަރ ޕްރިންޓެއް ނޫން- ލީގަލް ޓީމް


ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އެޕާޓުމެންޓުން ފެނުނު ހަތިޔާރާއި ނާޒިމްގެ ފިންގަރ ޕްރިންޓާ ދިމާނުވާކަމަށް ފުލުހުންގެ ފޮރެންސިކް ރިޕޯޓުން ދައްކާކަމަށް ނާޒިމްގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މައުމޫން ހަމީދު ވަނީ ފުލުހުންގެ މި ފޮރެންސިކް ރިޕޯޓުން އެކަނިވެސް މިހަތިޔާރާ ނާޒިމްއާ ގުޅުމެއް ނުވާކަން އެގޭކަމަށް ވިދާޅުވެފައެވެ.މައުމޫން ހަމީދު ވިދާޅުވީ ނާޒިމްއަށް އިންސާފު ހޯއްދަވައި ދެއްވުމަށްޓަކައި ޤާނޫނީ ނިޒާމުގެ ތެރެއިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެކަމަށެވެ.