ޚަބަރު

މިޞްރާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން މިނިސްޓަރު ޝާހިދު ތަހުނިޔާ ފޮނުއްވައިފި


ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުމާގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ތަހުނިޔާގެ މެސެޖެއް ފޮނުއްފައިފިއެވެ.

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، މިސްރުގެ ފޮރިން މިނިސްޓަރ ސަމެޙް ޝޮކްރީއަށް ފޮނުއްވި ތަޙުނިޔާގެ މެސެޖުގައި ވަނީ މިޞްރު ސަރުކާރާއި މިޞްރު ރައްޔިތުންނަށް ތަޙުނިޔާ އަރިސްކުރައްވައި، ފާއިތުވި 50 އަހަރު ތެރޭގައި ދިވެހިރާއްޖެއާ މިޞްރާއި ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން އިތުރަށް ޙަރުދަނާ ވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ވެދެއްވަމުންގެންދަވާ އެހީތަކަށްވެސް ޝުކުރުއަދާކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާ މިޞްރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވުނީ 12 ފެބްރުއަރީ 1969 ގައެވެ.