ވިޔަފާރި

މޯލްޑިވްސް ލިވިން އެކްސްޕޯ ކާމިޔަބުކަމާއެކު ނިންމާލައިފި


ހައިރައިޒުން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ކުރިއަށްގެންދިޔަ މޯލްޑިވްސް ލިވިން އެކްސްޕޯ ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
މިފަހަރުގެ ލިވިން އެކްސްޕޯގައި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ 30 ކުންފުންޏަކުން ބައިވެރިވެ، އެޕާޓްމަންޓުތަކާއި، ގެދޮރު ބިނާކޮށް، ގެދޮރު ފަރުމާކުރުމަށް ބޭނުންކުރާ ތަކެތި އަދި ގެދޮރާއި ގުޅޭ ހިދުމަތްތައް ވަނީ ދައްކާލާފައެވެ. މީގެތެރޭގައި ގެދޮރުގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ޓެކްނޮލޮޖީތަ ހިމެނެއެވެ.

މިއަހަރުގެ ބޭއްވުނު ލިވިން އެކްސްޕޯއަކީ ހައިރައިޒްއިން މިއިވެންޓު އިންތިޒާމްކުރި 7 ވަނަ ފަހަރެވެ.
ހައިރައިޒް އިން ބުނިގޮތުގައި މިއަހަރުގެ އެކްސްޕޯގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤާއިމްކޮށް ބިނާކުރެވެމުންދާ ރިއަލްއެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ދައްކާލާފައިވާއިރު، ބައެއް ކުންފުނިތަކުން އެތަންތަނުގެ ފްލެޓްތައް އެކްސްޕޯގެ ތެރެއިން ގަތް ފަރާތްތަކަށް ހާއްސަ ޑިސްކައުންޓުތައް ދީފައިވެއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް މިދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. މި އަހަރުގެ ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ.