ޚަބަރު

ޖުމުލަ 8 ބޭފުޅަކަށް އެމްޑީއޭގެ މަޖިލިސް ޓިކެޓް ހަވާލުކޮށްފި


އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޓިކެޓްގައި ވާދަކުރައްވާ 8 ބޭފުޅަކަށް ޓިކެޓް ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީއޭގެ ފަރާތުން ވާދަކުރައްވާ ފަރާތަކަށް ޓިކެޓް ޙަވާލުކުރީ އެޕާޓީގެ ޤައުމީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު. ޕާޓީގެ ލީޑަރަށް ޓިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ލީޑަރު އަލީ މަޢުރޫފެވެ.

މަޖިލިސް އިންތިޚާބަށް އެމްޑީއޭއިން ޓިކެޓް ދީފައިވާ ބޭފުޅުންނަކީ، ދ.މީދޫ ދާއިރާއަށް އެޕާޓީގެ ލީޑަރު އަޙްމަދު ސިޔާމް، ނ.ކެނދިކުޅުދޫ ދާއިރާއަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް، ދ.ކުޑަހުވަދޫ ދާއިރާއަށް އަހުމަދު އާމިރު، މާފަންނު ހުޅަނގު ދާއިރާއަށް ޑރ. އާއިޝަތު ރަފިއްޔާ، ނ.ހޮޅުދޫ ދާއިރާއަށް ހުސައިން ސާލިމް މުހައްމަދު، ވެލިދޫ ދާއިރާއަށް މުޙައްމަދު އައްބާސް، ނ.މަނަދޫ ދާއިރާއަށް އިބްރާހީމް އަސްލަމް، އަދި ރ.ދުވާފަރު ދާއިރާއަށް މުޙައްމަދު އާދަމެވެ.

ރޭ ބޭއްވި އެމްޑީއޭގެ ޤައުމީ ކައުންސިލްގެ ބައްދަލުވުމުގައި ލީޑަރު އަޙްމަދު ސިޔާމް މުހައްމަދު ވަނީ، ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ދިވެހި ޤައުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވުމުގައި ދެމި ތިއްބެވުމަށް އެދިވަޑައިގެންފައެވެ.