ވިޔަފާރި

މިއަހަރުގެ "ގޯލްޑް 100" ގެ ގޯލްޑް ޕާޓްނަރަކަށް ހޯކްސް


މިއަހަރުގެ "ގޯލްޑް 100" ގެ ގޯލްޑް ޕާޓްނަރަކަށް ހޯކްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި ހޯކްސް ކުންފުނީގެ ފަރާތުން ސޮއެކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމަންއެވެ. މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ހުސައިން ސަނީ އުމަރެވެ.
ހޯކްސް ކުންފުންޏަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ.

މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ދެމުންދާ އެވޯޑެކެވެ.

ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް މި ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓުކުރާއިރު މި ލިސްޓަކީ މިއީ ޚާއްސަ ކޮންސަލްޓެންސީ ކޮމިޓީއަކުން ބެލުމަށްފަހު ނެރޭ ލިސްޓެކެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މަޢުލޫމާތު އިވެލުއޭޓްކުރުމަށް ވެސް މިނިވަން ކޮންސަލްޓަންސީ ފާމެއް ކަނޑައަޅާފައިވާކަމަށް މޯލްޑިވްސް ގެޓަވޭސް އިން ބުނެއެވެ. މި އަހަރުގެ ގޯލްޑް 100 ހަފްލާ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.