ވިޔަފާރި

އާކުއާ ވީޓާގެ ބްރޭންޑް އެމްބެސަޑަރަކަށް ދަގަނޑޭ


އާކުއާ ވީޓާ ރެސިޑެންސްގެ ބްރޭންޑް އެމްބެސަޑަރަކަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.

އަކުއާ ވިޓާގެ ބްރޭންޑް އެންބެސަޑަރަކަށް އަޝްފާޤް ހަމަޖެއްސީ 7 ވަނަ މޯލްޑިވްސް ލިވިންގ އެކްސްޕޯގެ ތެރެއިންނެވެ.
ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެންޕީއެޗްޑީއިން ހުޅުމާލޭގައި ތަރައްގީކުރާ މި އެޕާރޓްމަންޓްތައް ހުންނާނީ ޕްލެޓިނަމް ރެސިޒެންސްއާއި ޖެހިގެންނެވެ.

މިއީ ޖުމްލަ 14 ބުރީގެ އެޕާޓްމެންޓް ކޮމްޕްލެކްސްއެކެވެ. ކޮންމެ ބުރިއެއްގައި 8 އެޕާޓްމެންޓު ހުންނައިރު، މުޅި ކޮމްޕްލެކްސްގައި 102 އެޕާޓްމެންޓް ހުންނާނެކަމަށް އަކުއާ ވިޓާއިން ބުނެއެވެ.

އާކުއަ ވީޓާގެ މި އެޕާރޓްމަންޓްތަކުގެ ހުރިހާ މަސައްކަތެއް ނިންމައި އަންނަ އަހަރުގެ މާޗުގެ ތެރޭގައި ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.