ވިޔަފާރި

ޤަތަރު އެއަރވޭސްގެ "ޕްރިމިއަރ ކޮންޕޭނިއަންޝިޕް"ގެ ޕްރޮމޯޝަނެއް ފަށައިފި


އެކުގައި ދަތުރުކުރުމަށް ދެ މީހުންނަށް ވުރެ އިތުރަށް ޓިކެޓު ނަގާނަމަ ހާއްސަ ޑިސްކައުންޓެއްދޭ ޕްރޮމޯޝަނެއް ގަތަރު އެއަރވޭސްއިން ތައާރަފްކޮށްފިއެވެ.

ޤަތަރު އެއަރވޭސްގެ "ޕްރިމިއަމް ކޮންޕޭނިއަން" އޮފަރގެ ދަށުން އެ އެއަރލައިންގެ މިމަހުގެ 18 އަށް ދެ ފަސިންޖަރުން ނުވަތަ ގްރޫޕްތަކުން އެކުގައި ޓިކެޓު ނަގައިފިނަމަ %20 ޑިސްކައުންޓެއް ލިބޭނެއެވެ. މިޕްރޮމޯޝަނުގެ ތެރެއިން ޓިކެޓު ނަގާ ފަރާތްތަކަށް މިއަހަރުގެ ނިޔަލަށް ދަތުރުކުރެވޭނެއެވެ.

ޤަތަރު އެއަރވޭޒްގެ ޗީފް ކޮމާރޝަލް އޮފިސަރ އީހާބު އަމިން ވިދާޅުވީ، މިއީ އާއިލާތަކާއި ރަހްމަތްތެރިނަންނަށް ހާއްސަކޮށް ތައާރަފްކުރި ޕްރޮމޯޝަނެއްކަމަށެވެ. މި ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމަތު ޤަތަރު އެއަރވޭސްގެ ވެބްސައިޓުގައި ލިބެން ހުންނާނެކަމަށް އެއަރލައިނުން ބުނެއެވެ.

ޤަތަރު އެއަރވޭސް އަކީ ރައްޖެއަށް އެންމެ ގިނައިން އުދުހުންތައް ބާއްވަމުން އަންނަ އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ އެއަރލައިނެކެވެ. އެ އެއަރލައިނުން ކޮންމެ ދުވަހަކު 3 ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބާއްވައެވެ.
ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއަރލައިނުގެ ތެރޭގައި ހިމެނޭ ޤަތަރު އެއަރވޭސްއިން ބުނާގޮތުގައި ދިވެހިރާއްޖެ އަކީ އެ އެއަރލައިނަށް ވަރަށް މުހިއްމު މާކެޓެކެވެ.