ޚަބަރު

ރައީސް މައުމޫނުގެ ބޭފުޅުން ދައްކަވަންޖެހޭ ދެ މިލިއަން ރުފިޔާގެ ދަރަނި އަދާކުރައްވައިފި


ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީއަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދަށު ކޯޓުންކުރި ހުކުމާ އެއްގޮތަށް އެ ބޭފުޅުން އެ ފައިސާ ދައްކަވައި ޚަލާސްކޮށްފިއެވެ.

ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް 2.1 މިލިއަން ރުފިޔާ އާރްސީސީއަށް ދެއްކުމަށް 2017ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ އެހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ގޯއްޗެއްގައި އާރުސީސީ މެދުވެރިކޮށް ހެދި ޢިމާރާތަކަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކާ ކަމަށް ބުނެއެވެ.

ރައީސް މައުމޫންގެ 4 ބޭފުޅުންގެ މައްޗަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުއްވި ނަމަވެސް ޣައްސާން މައުމޫން ހުށަހެޅުއްވި އެމައްސަލަ ހައި ކޯޓުން ބޭރުކޮށްލާފައި ވަނީ އެބޭފުޅުންގެ ވަކީލުން ޝަރީއަތަށް ޙާޒިރު ނުވުމުންނެވެ.