ކުޅިވަރު

ވިކްޓްރީ އާއި ފޯކައިދޫ މެޗު އެއްވަރުވުމުން، ދަ ގްރާންޑް ސެމީ އަށް


ވިކްޓްރީ އާއި ފޯކައިދޫ ކުޅުނު މެޗު އެއްވަރުވެ ދަ ގްރާންޑޭއަށް ސެމީގެ ޖާގަ ލިބިއްޖެއެވެ.

ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯލަ މުބާރާތުގެ ސެމީ ފައިނަލުން ދަ ގްރާންޑް އަށް ޖާގަ ލިބުނީ އެޓީމު ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ވިކްޓްރީ ކުޅުން ތިންމެޗުންވެސް އެއްވަރުވުމުން އެޓީމަށް ލިބެނީ ތިން ޕޮއިންޓްއެވެ. މިގުރޫޕުން އެއްވަނަ ހޯދައިގެން ޓީސީ ސެމީ އިން ޖާގަ ހޯދިއިރު، މެޗަށް ނިކުތްއިރުވެސް ފޯކައިދޫ އޮތީ މުބާރާތުން ކަޓާފައެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު ފޯކައިދޫއަށް ދެވަނަ ހާފުގެ ތެރޭގައި ގޯލެއް ކާމިޔާބުކުރަން ވަނީ ގިނަ ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ނަޒީމް އާއި، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކެޕްޓަން މުޙައްމަދު ޖައިލަމް އަށް ލިބުނު ފުރުސަތުތަށް ފާހަގަ ކޮށްލެވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވިކްޓްރީގެ ކޯޗް ފަރީދު މުހައްމަދު ބުނީ، މެޗަކުން ބަލިނުވެ ގުރޫޕް ސްޓޭޖު ނިންމާލަން ޖެހުނަސް ސެމީގެ ޖާގަ ގެއްލުމުން އެއީ ހިތާމަކުރާ ކަމެއް ކަމަށެވެ. އެކަމަކު ހުރިހާ މެޗެއްގައިވެސް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށް ކޯޗު
ބުންޏެވެ. އޭނާބުނީ ވިކްޓްރީގައި ތިބީ ވަރަށް އާ ކުޅުންތެރިން ކަމަށާއި، ތަޖުރިބާ މަދުވުމުން ކޮންމެ މެޗެއްގައިވެސް އެކަން ފެންނަކަމަށެވެ.