ޚަބަރު

ބިކޯކާ ޔުނިވަރސިޓީއާއި ދިވެހި ފުލުހުނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި


އިޓަލީގެ މަޝްހޫރު ޔުނިވަރސިޓީ އޮފް މިލާނޯ ނުވަތަ ބިކޯކާ ޔުނިވަރސިޓީގެ ފަރާތުން ސޯޝަލް ސައިންސްގެ ދާއިރާއިން ކުރާ މުހިންމު ދިރާސާތަކުގައި ދިވެހި ފުލުހުން ބައިވެރިވުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މާގިރި ހޮޓަލުގައި ބޭއްވި ހަފްލާއެއްގައި މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ސޮއި ކުރެއްވިއިރު ބިކޯކާ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ރެކްޓަރ މާރިޔް ކްރިސްޓީނާ މެސާއެވެ.

މި އެއްބަސްވުމަށްފަހު، މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ސޯޝަލް ސައިންސްގެ ދާއިރާއިން ބިކޯކާގެ ރިސާޗް ފެސިލިޓީސްތައް ބޭނުން ކުރެވުމާއި މޫސުމާ ގުޅޭގޮތުން އެޔުނިވަރސިޓީން ކުރާ ދިރާސާތަކުގައި ފުލުހުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

''ފުލުހުންގެ މަސައްކަތުގައިވެސްހުރޭ ވަރަށް ގިނަ ރިސާޗްތައް. ޚާއްސަކޮށް މިޒަމާނުގެ އެވިޑެންސް ބޭސްޑް ޕޮލިސީ ކަހަލަ. އަޅުގަނޑު އުއްމީދު ކުރަނީ މި އާކުރެވުނު އެއްބަސްވުމުގެ ދަށުން އިތުރު ފުރުސަތުތަކެއް ފުލުހުންނަށް ލިބިގެން ދިޔުން.'' އެކްޓިން ކޮމިޝަނަރ ވިދާޅުވިއެވެ.

ފ.މަގޫދޫގައި ހުންނަ އިޓަލީގެ ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓްގެ އެއްބަސްވުން 10 އަހަރަށް ވަނީ އާކޮށްފައެވެ. މަގޫދޫގައި މިއައުޓް ޕޯސްޓް ކެމްޕަސް ޤާއިމްކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ. ފ.މަގޫދޫގައި ހުންނަ ބިކޯކާ ޔުނިވާސިޓީގެ އައުޓް ޕޯސްޓަކީ އެކި ޤައުމުތަކުގައި ހުރި އެ ޔުނިވަރސިޓީގެ ކެމްޕަސްތަކުން މެރިން ބައިލޮޖީ ކިޔަވާ ދަރިވަރުން ޢަމަލީ ތަމްރީނު ހޯދައި، ފަރުތަކާބެހޭ ދިރާސާތައް ހެދުމަށް އަންނަ ތަނެކެވެ.