ކުޅިވަރު

ޗެލްސީގެ ކޯޗާއި ކެޕްޓަން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެ


ޗެލްސީގެ ކޯޗާއި ކެޕްޓަން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

މި ދެ މީހުން މައާފަށް އެދުނީ ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 6-0އިން ބަލިވި މެޗަށް ފަހުއެވެ.

މި ބައްޔަކީ 1991 ވަނަ އަހަރު ނޮޓިންހަމް ފޮރެސްޓް އަތުން 7-0އިން ބަލިވި ފަހުން ޗެލްސީ އެންމެ ތަފާތުބޮޑުކޮށް ބަލިވި މެޗެވެ. އަދި މި ބައްޔާއެކު ޗެލްސީ ވަނީ ތާވަލުގެ ހަ ވަނަ އަށް ވެއްޓިފައެވެ.

ކޯޗު ސަރީ ބުނީ މި ސީޒަން ފެށުނުއިރު އޭނާގެ ޓީމު އަމިއްލަ ދަނޑަށްވުރެ ރަނގަޅަށް ކުޅުނީ އެހެން ޓީމުތަކުގެ ދަނޑުގައި ކަމަށެވެ. ނަމަވެސް އެންމެ ފަހުން އަވޭގައި ކުޅުނު ތިން މެޗުން ވެސް ބަލިވިއިރު ޗެލްސީ ދައްކާފައިވަނީ ވަރަށް ގޯސް ކުޅުމެއް ކަމަށް ސަރީ ބުންޏެވެ.

އޭނާ ބުނީ މިއީ އޭނާގެ ހަޔާތުގައި ވެސް އެންމެ ގޯސްކޮށްދިޔަ މެޗު ކަމަށެވެ. އަދި ޗެލްސީގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭކަމަށްވެސް ފަސްދޮޅަސް ނުވަ އަހަރުގެ ކޯޗު ބުންޏެވެ.

މި ނަތީޖާގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލިދާނެތޯ އެހުމުން ކޯޗު ބުނީ އެކަމާމެދު އޭނާ ކަންބޮޑުނުވާ ކަމަށާއި އެ ސުވާލު ކުލަބުގެ މެނޭޖްމަންޓާ ކުރުމަށެވެ. އޭނާ ގެ އިސްތިއުފާ އަށް ރޭ ސަޕޯޓަރުން ވަނީ ގޮވާލައިފައެވެ.

ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ވެސް ބުނީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި ކުޅުން ރަނގަޅު ކުރަންޖެހޭ ކަމަށެވެ.