ވިޔަފާރި

ދިރާގުން ހިއްސާއަކަށް 11.91ރ. ބަހަން ހުށަހަޅަނީ


މިދިޔަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 905 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

މިއީ ދިރާގުގެ ސާފު ފައިދާގެ %100 އެވެ. 905 މިލިއަން ރުފިޔާ ހިއްސާ ދާރުންނަށް ބެހުމަށް ނިންމާފައިވާއިރު ހިއްސާއަކަށް ޖެހެނީ 11.91 ރުފިޔާއެވެ.

މިދިޔަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާ ބެހިފައިވާގޮތުން، އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 452 މިލިއަން ރުފިޔާ ކަނޑައަޅައި ހިއްސާއަކަށް ޖެހިފައިވަނީ، 5.96 ރުފިޔާ އެވެ އަދި މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި ޖެހިފައިވަނީ، 454 މިލިއަން ރުފިޔާ ކަނޑައަޅައި ޖެހިފައިވަނީ، ހިއްސާއަކަށް 5.95 ރުފިޔާ އެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމާފައިވާ އަދަދު ފާސްކުރުން އޮންނާނީ، މިއަހަރު ބޭއްވުމަށް ނިންމާފައިވާ އެކުންފުނީގެ ހުސްވިއަހަރުގެ އަހަރީ އާއްމު ޖަލްސާގައެވެ.

2018 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާ އިއުލާނުކުރާ ބުކް ކްލޯޝަރ ޑޭޓް' ގައި ކުންފުނީގެ ރަޖިސްޓަރގައިވާ ހިއްސާދާރުންގެ މެދުގައެވެ.