ވެލާނާ އިންޓަރނޭޝަނަލް އެއަރޯޓު (ވީއައިއޭ) ރަންވޭ މައްޗަށް ހައިޑްރޯލިކް ފިއުލް ލީކުވުމާއި ގުޅިގެން ރަންވޭ ބަންދުކުރުމަށްފަހު ހުޅުވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހައިޑްރޯލިކް ފިއުލް ލީކުވެފައިވަނީ މިރޭ 9:00 އެހާކަށްހާއިރު ވީއައިއޭއަށް ޖެއްސި ހޮންކޮންގ އެއަރލައިންގެ މަތިންދާބޯޓަކުންނެވެ. ރަންވޭ ބަންދުކުރުމަށްފަހު އަލުން ހުޅުވާފައި މިވަނީ ދެ ގަޑިއިރަށްވުރެ ގިނައިރުވީ ފަހުންނެވެ. ހައިޑްރޯލިކް ފިއުލް ލީކްވި މަތިންދާބޯޓު މިހާރު ބާއްވާފައިވަނީ ވީއައިއޭގެ ނޯތު އޭޕްރަންގައެވެ.
މިއީ މިއަހަރުގެ ތެރޭގައި މިފަދަ ހާދިސާއެއްގައި މިހާ ގިނައިރަށް ރަންވޭ ބަންދުކުރި ފުރަތަމަ ފަހަރެވެ.