ސިޔާސީ

ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމައިފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލަ ބަލާ ކުރިމިނަލްކޯޓްގެ ބެންޗާއި ގުޅޭ ގޮތުން ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.ނަޝީދުގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ މައްސަލައާއި ގުޅިގެން ހަތަރު މައްސަލައެއް ހައިކޯޓަށް ހުށައަޅާފައިވެއެވެ. މިގޮތުން ނަޝީދު ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރުކުރުމަށް ނެރުނު އަމުރާއި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު އިސްތިއުނާފްކޮށްފައިވެއެވެ. މީގެ އިތުރުން ދައުވާ އަނބުރާ ގެންދިޔުމަށްފަހު އަލުން ދައުވާ ނުކުރެވޭނެކަމަށް ކަނޑައަޅާދިނުމަށާއި މައްސަލަ ބަލާ ބެންޗާއި ގުޅިގެން ހުށައެޅި މައްސަލަވެސް ހިމެނެއެވެ.މި ހަތަރު މައްސަލައިގެ ތެރެއިން ބެންޗާއި ގުޅޭ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާއިރު އަނެއް މައްސަލަތައް ބަލައިގަތުމާއި މެދު ހައިކޯޓުން ވަކިގޮތެއް ނިންމާފައިވާކަން އަދި ސާފެއްނުވެއެވެ.