ޚަބަރު

ސެނެޓަރ ވޮރެން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވައިފި


އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓްގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ ސެނެޓަރ އެލިޒަބަތު ވޮރެން، 2020 ވަނައަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވައިފިއެވެ.

ސެނެޓަރ ވޮރެން މިކަން އިޢުލާންކުރައްވާފައި ވަނީ، ޤާނޫނު ހަދާ މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ މެސެޗޫސެޓްސްގައި ހުންނަވާ ދެއްވި 2012 ވަނަ އަހަރުއްސުރެ ސެނެޓްގައި މެސެޗޫސެޓްސް ތަމްސީލުކުރައްވަމުން ގެންދަވާ ވޮރެން ވިދާޅުވީ، އެމެރިކާގެ މުއްސަނދިންނާއި މަޝްހޫރު ފަރާތްތަކުގެ އަތުގައި މިހާރު އޮތް ސިޔާސީ ބާރުތައް އެ ފަރާތްތަކުގެ އަތުން އަތުލާ، ޢާއްމުން ރައްޔިތުންނާ އެބާރުތައް ހަވާލުކޮށްދެއްވާނެކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާގެ ކެމްޕޭންގައި އެންމެ ބޮޑު އަހައްމިޔަތުކަމެއް ދެއްވާނީ އިޤްތިޞާދީ ހަމަހަމަކަން ޤާއިމުކޮށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ އިތުރުން އެމެރިކާގެ ބޮޑެތި ކުންފުނިތައް މާލީ ޤަވައިދުތަކަށް އިޙުތިރާމުކުރުވުންކަމަށެވެ. މި ގޮތުން، އިޤްތިސާދުގެ އެކި ދާއިރާތައް ހިޞާރުކޮށްގެން އުޅޭ ކުންފުނިތައް މަދުކޮށް، އެމެރިކާގެ ބޮޑެތި ބޭންކުތަކާ ދެކޮޅަށް ފިޔަވަޅުއަޅައި އިޤްތިޞާދު އަލުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ފުރުޞަތު ނައްތާލާނޭކަމަށް ވެސް ވޮރެން ވިދާޅުވިއެވެ.

2020 ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރެއްވުމުގެ ފުރުޞަތު ވޮރެންއަށް ލިބިވަޑައިގަންނަވާނީ، އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހުގައެވެ.