ކުޅިވަރު

އެޑިންސަން ކަވާނީއަށް އަނިޔާވެ ޕީއެސްޖީގެ ކޯޗުގެ ކަންބޮޑުވުންތައް އިތުރުވެއްޖެ


ފޯވަޑް އެޑިންސަން ކަވާނީއަށް އަނިޔާވެ ޕީއެސްޖީގެ ކޯޗުގެ ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.

ޓީމުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް އަނިޔާވީ ރޭ ބޯޑޯ އަތުން 1-0އިން މޮޅުވި މެޗުގައެވެ.

މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ވެސް ލިބުނު ޕެނަލްޓީ އަކުން ކަވާނީއެވެ.

ކޯޗު ތޯމަސް ޓުޗެލް ބުނީ މި އަނިޔާގެ ސަބަބުން މި ހަފުތާގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ ޗެމްޕިއަންސް ލީގު މެޗުގައި ކަވާނީ އަށް ކުޅެވޭނެ ކަމާމެދު ޝައްކު ކަމަށެޗެ.

ކޯޗު ޓުޝެލް ބުނީ އޭނާ ދޭނެ އުފާވެރި ޚަބަރެއް ނެތްކަމަށާއި ޖެހޭނީ އޭނާގެ އަނިޔާގެ މިންވަރު ދެނެގަނެ ނިމެންދެން މަޑުކުރަންޖެހޭކަމަށެވެ.

އަދި އުއްމީދު ކުރަނީ ކަވަނީއަށް ޗެމްޕިއަންސް ލީގު މެޗުގައި ކުޅެވުންކަމަށް ކޯޗު ބުންޏެވެ.

ކަވާނީ އަށް އަނިޔާވިއިރު ޕީއެސްޖީ އަށް ކުޅޭ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ބްރެޒިލްގެ ނޭމާ ވެސް ހުރީ އަނިޔާގައެވެ. އޭނާ އަށް ވެސް ޔުނައިޓެޑް މެޗުގައި ނުކުޅެވޭނެއެވެ.