ކުޅިވަރު

ލިވަޕޫލްގެ ފަރާތުން މިހާރު ފެންނަމުންދަނީ އެޓީމުގެ އަސްލު ކުޅުމެއް ނޫން - ކްލޮޕް


ލިވަޕޫލްގެ ކުޅުންތެރިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދައްކާފައިވަނީ އެ ޓީމުގެ އަސްލު ކުޅުން ނޫން ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

އޭނާ މިހެން ބުނީ ބޯނެމައުތު އަތުން ރޭ 3-0އިން މޮޅުވެ ޓޭބަލުގެ އެއްވަނަ އަލުން ލިބުނު މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. ކްލޮޕް ބުނީ ކުޅުންތެރިންގެ އަސްލު ކުޅުން ނުދެއްކުނު ނަމަވެސް އެވާހަކަ އާއްމުކޮށް މީޑިޔާގައި ދައްކަން އޭނާ ބޭނުންނުވީ ކަމަށެވެ.ސަބަބަކީ އެގޮތަށް އެވާހަކަ ދައްކައިފިނަމަ އެއީ ލިވަޕޫލުން ބަހަނާ ދައްކަނީ ކަމަށް މީހުންނަށް ހީވެދާނެތީ ކަމަށެވެ.

އޭނާ ބުނީ ތަށި ހޯދުމުގެ ރޭހުގައި ގެއްލިގެންދިޔައީ ވަރަށް މުހިންމު ޕޮއިންޓްތަކެއް ކަމަށެވެ. ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، މެންޗެސްޓަރ ޔުނައިޓެޑު ވަނީ ތިނެއް ސުމަކުން ފުލަމް އަތުން މޮޅުވެ ގަދަ ހަތަރަކަށް އަރާފައެވެ. އާސެނަލްއާއި ހަޑާސްފިލްޑް ވާދަކުރި މެޗުން އާސެނަލް މޮޅުވީ ދޭއް އެކަކުންނެވެ.