ވިޔަފާރި

އެސްޓީއޯއިން ވިއްކާ ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފި


އެސްޓީއޯއިން ވިއްކާ ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފިއެވެ.
ރާއްޖެއަށް އެންމެގިނައިން ތެއޮ އެތެރެކޮށް ވިއްކާ އެސްޓީއޯއިން ޑީސަލްގެ އަގަށް މިއަދު ގެނައި ބަދަލާއި ގުޅިގެން ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 10.89ރ އަށްކަމަށެވެ. އެސްޓިއޯއިން ބުނީ ޑީސަލް ވިއްކާ އަގު ބޮޑުކުރަން ޖެހުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންކަމަށެވެ.
އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ، ހުސްވި ޖެނުއަރީމަހުގެ 14 ވަނަ ދުވަހުއެވެ. އެފަހަރު އެސްޓީއޯއިން ވަނީ، ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ ހެޔޮކޮށްފައެވެ.