ސިޔާސީ

ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ނާއިބު ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީލް ކުރެއްވި ދަތުރުފުޅު ނިންމާލައްވައިފިއެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގދ. ގައްދޫއާ ތިނަދޫއާ މަޑަވެއްޔާއި ހޯޑެއްދޫއާ ފަރެސްމާތޮޑާ އަދި ގއ. ދާންދޫއާ ވިލިނގިއްޔަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ބައިވެރިވެވަޑައިގަތެވެ.

މި ދަތުރުފުޅުގައި ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކާއި ރަށްތަކަށް އެންމެ ބޭނުންވެފައިވާ ކަންކަމާއި ގުޅޭގޮތުން ނާއިބު ރައީސް ފައިޞަލް ވަނީ ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާ ކޮށްފައެވެ.

އެގޮތުން ރަށްރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ދެމެހެއްޓެނިވި ކަރަންޓުގެ ނިޒާމު ޤާއިމުކުރުމާއި، ތަޢުލީމާއި ސިއްޙީ ނިޒާމު ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކައުންސިލްތަކަށް ބާރުދީ ލާމަރުކަޒީ ކުރެވޭނެ ގޮތްތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ.

މި ދަތުރުުޅުގައި ގައްދޫގައި ހަދާފައިވާ މަސްޖިދުލް އަމީން މިސްކިތް ނާއިބު ރައީސް ވަނީ ހުޅުވައިދެއްވާފައެވެ. އަދި އެރަށުގައި ޤާއިމުކުރި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި ހުޅުވުމުގެ އިތުރުން، ފަރެސްމާތޮޑާއާއު ފުވައްމުލައް ސިޓީއާއި ދެމެދު އެމްޕީއެލް ލޯންޗު ފެރީގެ ޚިދުމަތް، ނައިބް ރައީސް ފައިސަލް ނަސީމްވަނީ ފައްޓަވައިދެއްވާފައެވެ.