ޚަބަރު

ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޓްރެފިކް މޮނިޓަރުން ތަމްރީނުކުރުމުގެ ސެޝަންތަކެއް


ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން، ފުވައްމުލަކު ސިޓީގެ ހުރިހާ ސްކޫލް ތަކުގެ ދަރިވަރުންނަށް ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމުގެ ސެޝަންތަކެއް ފަށައިފިއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެއްވި ގޮތުގައި މި މަހުގެ 5 ވަނަ ދުވަހުން ފެށިގެންއ އެ ސިޓީގެ ސްކޫލްތަކަށް އަމާޒުކޮށްގެން މި ތަމްރީން ޕްރޮގްރާމް ވަނީ ފަށާފައެވެ. އަދި ސެޝަންތަކުގައި ކުދިންނަށް މަގުމަތީގެ ޓްރެފިކް ޤާނޫނުތަކާއި ޤަވާއިދު ތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން މަގުމަތީގައި ފުލުހުންނާއި އެކު ހަރަކާތްތެރިވެ އަމަލީ ތަޖުރުބާ ހޯދުމުގެ ފުރުޞަތުވެސް ދެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ އަހަރުވެސް ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން ފުވައްމުލަކުގެ ހަތަރު ސްކޫލަކަށް އަމާޒުކޮށްގެން ވަނީ ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ފުލުހުން ވަނީ 118 ޓްރެފިކް މޮނީޓަރުން ތަމްރީނު ކޮއްފައެވެ.