ޚަބަރު

ޓްރެފިކް މޮނީޓަރުން ތަމްރީން ކުރުމަށް ފުވައްމުލަކުގައި ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި


ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން، ފުވައްމުލަކުގެ އަތޮޅު ތައުލީ މަރުކަޒުގެ ގްރޭޑް 8 ގެ ދަރިވަރުންނަށް ޓްރެފިކް މޮނިޓާރުން ތަމްރީން ކުރުމުގެ ސެޝަންތަކެއް އިއްޔެ ކުރިޔަށް ގެންގޮސްފިއެވެ.

ޓްރެފިކް މޮނިޓާރުން ތަމްރީން ކުރުމުގެ ސެޝަންތަކުގައި ކުދިންނަށް ޓްރެފިކް ގާނޫނުތަކާއި ގުޅޭގޮތުންނާއި އެކުދިން ސްކޫލް ކައިރީގައި ޓްރެފިކް ބަލަހައްޓަމުން ދާއިރު ސަމާލުކަން ދޭންވީ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން އެކުދިން މަގުމަތީގައި އަމަލީ ގޮތުން ހަރަކާތް ތެރިވެފާވެފައެވެ.

މިދިޔަ އަހަރުގާވެސް ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން ފުވައްމުލަކުގެ ހަތަރު ސްކޫލަކަށް އަމާޒުކޮށްގެން ވަނީ ޓްރެފިކް މޮނިޓާ ކުދިންތަކެއް ތަމްރީން ކޮއްފައެވެ. މިދިޔަ އަހަރު ފުލުހުން ވަނީ 118 ޓްރެފިކް މޮނީޓަރުން ތަމްރީނު ކޮއްފައެވެ. މިޕްރޮގްރާމްގައި ކިޔަވައި ދެއްވާފައިވަނީ ޓްރެފިކް ޕޮލިސިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.