ސިޔާސީ

ރައީސް އާއި ނައިބްރައީސްގެ ގުޅުން ރަނގަޅު- ނައިބް ރައީސް


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ނާއިބު ރައީސާއި ދެބޭފުޅުންގެ ދެމެދުގައި ގުޅުންތައް އެހާ ރަނގަޅު ނޫންކަމަށް ފެތުރެމުންދިޔަ ވާހަކަތައް ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ދޮގުކުރައްވައިފިއެވެ.އެމްބީސީއަށް މިއަދު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ނާއިބު ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަރަށް ބަދަލު އަންނަ ކޮންމެ ވަގުތެއްގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަން ޖެހިވަޑައިނުގަންނަވާކަމަށާއި ނާއިބު ރައީސަކަށް ރައްޔިތުން އެމަނިކުފާނު އިންތިޚާބުކުރުމުން ގާނޫން އަސާސީ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެމަނިކުފާނުގެ މަސްއޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސައްކަތްޕުޅެއް ކުރެއްވުންކަމަށެވެ. އަދި އެކަންކުރައްވަމުން ގެންދަވާކަމަށާއި އެކަމުގެ ރާހަތު ރައްޔިތުންނަށް ލިބެމުންދާކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ.