ޚަބަރު

ޕީޕީއެމް އާއި ޕީއެންސީން ގުޅިގެން 9 ދާއިރާއެއްގެ ޕްރައިމަރީ ބާއްވަން ނިންމައިފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނުވަ ދާއިރާއަކުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަން ނިންމައިފިއެވެ.

މި ޕްރައިމަރީއާ ގުޅޭ މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ނުވަ ދައިރާއެއްގެ ޕްރައިމަރީ ބާއްވަން ނިންމީ އެދާއިރާތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ޢަދަދު ގިނަވުމުން ކަމަށާ އެގޮތުން 28 މީހަކު އެ ދާއިރާތަކުން ޓިކެޓް ހޯދަން އެދިފައިވާ ކަމަށެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ ޕްރައިމަރީގައި ވޯޓް ދިނުމުގެ ފުރުސަތު ދެ ޕާޓީގެ މެމްބަރުންނަށްވެސް ހުޅުވާލާފައިވާއިރު، ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާލޭގައި ހުންނަ އެޕާޓީގެ އޮފީހާއި ޕްރައިމަރީ ބާއްވަން ކަނޑައަޅާފައިވާ ނުވަ ދާއިރާގެ ރަށްތަކުގައި ކަމަށް ޕީޕީއެމުން ބުނެއެވެ. ޕީޕީއެމުން ވަނީ ޕްރައިމަރީއަކާ ނުލައި 63 މީހަކަށް ޓިކެޓް ދީފައެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ޕްރައިމަރީ ބާއްވާ ދާއިރާތައް:

01 - މަކުނުދޫ ދާއިރާ
02 - ނޮޅިވަރަމް ދާއިރާ
03 - އަލިފުށި ދާއިރާ
04 - ތުލުސްދޫ ދާއިރާ
05 - ފެލިދޫ ދާއިރާ
06 - ކެޔޮދޫ ދާއިރާ
07 - މުލަކު ދާއިރާ
08 - ކިނބިދޫ ދާއިރާ
09 - ފުވައްމުލައް އުތުރު ދާއިރާ

އަންނަ އޭޕްރީލްމަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ކަނޑައަޅާގައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތަތަކުން މިމަހު 21ވަހަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުންވަނީ ހުޅުވާލާފައެވެ.