ވިޔަފާރި

ބީއެމްއެލް އިސްލާމިކްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި


ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީޢާ އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓްތަކުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މިޕްރޮމޯޝަންގެ ދަށުން ބީއެމްއެލް އިސްލާމިކް އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް 15،000 ރުފިޔާ ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މީގެ އިތުރު 3 ފަރާތަކަށް 5،000 ރުފިޔާގެ އިނާމެއްވެސް ވަނީ ކަނޑައަޅާފައެވެ.
މި ޕްރޮމޯޝަންގެ ދަށުން އެކި ކުންފުނިތަކުގެ މުވައްޒަފުންނާއި، ރާއްޖޭގެ އެކި ރަށްރަށުގައި ދިރި އުޅޭ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އެކައުންޓް ހުޅުވަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން އެކައުންޓް ހުޅުވުމަށް އެދި ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ
ބީއެމްއެލް އިސްލާމިކުން ދާދިފަހުން ވަނީ އިސްލާމިކް ސޭވިންގްސް އެކައުންޓް އާއި އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް އަދި އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ތައާރަފްކޮށްފައެވެ.
ބީއެމްއެލް ބުނީ އެ ބޭންކުގެ އިސްލާމިކް ސޭވިންގްސް އެކައުންޓް އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެ ފައިސާ އިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރި ޚިދުމަތެކެވެ.
ބީއެމްއެލް އިސްލާމިކްގެ މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
********************