ވިޔަފާރި

ސުޕްރީމް ކޯޓުން ކުރި ޙުކުމުގައިވާގޮތަށް ވިލާއަށް ރަށްތައް ދިނުމުގެ މަސައްކަތް ފަށައިފިން - ޓޫރިޒަމް


ވިލާ ކުންފުންޏަށް ދޫކުރި ރަށްތައް ކުރީގެ ސަރުކާރުން އަތުލި މައްސަލާގައި ސުޕްރީމް ކޯޓުން ވިލާ ކުންފުންޏާއި އެއްކޮޅަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޯޓުން އަމުރުކޮށްފައިވާ ކަންކަން ތަންފީޒުކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހާއި މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލަފައާއި މަޝްވަރާ ހޯދައިގެންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ފަސް ރަށެއްގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި 2015 ވަނަ އަހަރުއެވެ.
އެހެންނަމަވެސް މި ރަށްތަކުގެ އެއްބަސްވުން ބާތިލްކުރުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނިކޮށް ހައިކޯޓުން ވަނީ ޙުކްމްތައް ބާތިލްކޮށްފައެވެ. މިއާއެކު ވިލާ ކުންފުނިން ވަނީ މައްސަލަ އިސްތިޢުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އެ ރަށްތައް އަތުލީ އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން ފަހުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ.
އެހެންނަމަވެސް ވިލާ ކުންފުންޏަށް ހުކުމްކޮށްފައިވާ މައްސަލަތައް އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން ވަނީ ވިލާއާއި އެއްކޮޅަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށްފައެވެ.