ޚަބަރު

މާލެ ހުޅުލެ، ބްރިޖްގެ ދެވަނަ ދިރާސާ އަންނަ މާރޗް މަހު ފަށަނީ


މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ދެވަނަ ދިރާސާ އަންނަ މާރޗް މަހު ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖްގެ ދެވަނަ ދިރާސާ ކުރުމަށް ޗައިނާގެ ކަމާބެހޭ ތަޖުރިބާކާރު ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި، އެ ޓީމުން ޕްލިމިނަރީ، ފީސިބިލިޓީގެ ހުރިހާ މަސައްކަތެއް ނިންމާނެ ކަމަށެވެ. އަދި ބްރިޖަކީ ވަރަށްގިނަ ފަންނީ މަސައްކަތްތައް އެކުލެވޭ މަޝްރޫއަކަށްވުމުން، ދިރާސާތަކެއް ކުރަންޖެހޭ ކަމަށާއި، ދެވަނަ ދިރާސާ ނިމޭއިރު، ބްރިޖްގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.