ކުޅިވަރު

އެމްބީއޭ ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ކިންގްސް އާއި ވަން ތާޓީ ސްޕޯޓްސް ކުލަބް


27ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ކިންގްސް ބާސްކެޓް ބޯޅަ ކުލަބާއި ވަން ތާރީ ސްޕޯޓްސް ކުލަބް ވާދަކުރަން ޖެހިއްޖެއެވެ.

ފިރިހެން 10 ޓީމާއި އަންހެން 4 ޓީމާއިއެކު 27ވަނަ އެމްބީއޭ ޗެންޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. މިމުބާރާތުގެ ފިރިހެންބައި ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

ގުރޫޕް އެކެއްގައި ހިމެނެނީ ކިންގްސް ބީސީ، ރެޕްޓާސް ބީސީ، ރެޑްވިންގްސް ބީސީ، ވުލްސް ބިސީ އަދި ވަން ތާޑީ ސްޕޯޓްސް ކުލަބް. ގުރޫޕް ދޭއްގައި ހިމެނެނީ ޓީރެކްސް ބީސީ، ސްޓްރިންގާސް ބީސީ، ނިއުޓްރެލާ ސްޕޯޓްސް ކުލަބް، އެލްކިއު ސްޕޯޓްސް ކުލަބް އަދި ޒީން ސްޕޯޓްސް ކުލަބެވެ.

މިމުބާރާތުގެ އަންހެންބައިގައި ވާދަކުރާނީ 4 ޓީމް. އެއީ ސައިކުލޯން ބީސީ، ޔޫއެން ޕްރެންޓްސް، ޓީއެސްއޭ އަދި ބެންޗް ސްޕޯޓްސް ކުލަބް. އަންހެންބައިގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ޓީއެސްއޭ އާއި ބެންޗް ސްޕޯޓްސް ކުލަބު. އަދި ދެވަނަ މެޗްގައި ވާދަކުރާނީ ސައިކުލޯން ބީސީ އާއި ޔޫއެން ފުރެންޑްސްއެވެ

މިމުބާރާތުގައި ފިރިހެންބައިގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގުރޫޕްއަކުންވެސް އެއްވަނަ އާއި ދެވަނަ ޓީމެވެ.

މިމުބާރާތުގެ އަންހެންބައިގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27ވަނަ ދުވަހުގެ ރެއެވެ. އަދި ފިރިހެންބައިގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުގެ ރެއެވެ.

މުބާރާތުގެ މެޗްތަށް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައެވެ.