ޚަބަރު

އެމްޑީޕީ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ފޯމްތައް މިހަފްތާގައި އީސީއަށް ހުށަހަޅަނީ


ރައްޔިތުން މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ފޯމްތައް މި ހަފްތާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ވާދަކުރާ ކެންޑިޑޭޓުންގެ ފޯމްތައް ކޯޓު ކްލިއަރެންސަށް ފޮނުވުން ކަމަށެވެ.

"ކޯޓު ކްލިއަރެންސާއި އެހެނިހެން މަރުޙަލާތައް ނިމުމަށްފަހު އަޅުގަނޑުމެން މި ގަސްދުކުރަނީ މި ހަފްތާގެ ފަހުކޮޅު އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭޓުންގެ ފޯމްތައް ސަބްމިޓު ކުރަން،" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ފޯމްތައް ހުށަހަޅަންދާ ޙަރަކާތް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެޕާޓީން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމްތައް ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު އެޕާޓީން ވަނީ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ވެސް މިދިޔަ ހުކުރު ދުވަހު ލޯންޗުކޮށްފައެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވަނީ 87 ދާއިރާއަށް ވާދަކުރަން ވަނީ ނިިންމާފަ އެވެ