ސިޔާސީ

ނަޝީދުގެ މައްޗަށް ހިންގަނީ އިިންސާފުވެރި ޝަރީޢަތެއް ނޫން-އެމްޑީޕީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގަނީ އިިންސާފުވެރި ޝަރީޢަތެއް ނޫން ކަމަށްބުނެ އެމަނިކުފާނު މިނިވަންކޮށް ދިނުމުގައި އެހީތެރި ވެދެއްވުމަށް ބައިނަލްއަޤްވާމީ މުޖުތުމައަށް އެމްޑީޕީއިން ގޮވާލައްވައިިފިއެވެ.އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނަށް މަޢުުލޫމާތު ދެއްވަމުން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ސޯލިޙު ވަނީ، ނަޝީދު މިނިވަންކޮށް ދިނުމުގައި އެހީތެރިވެ ދެއްވުމަށް އަވަށްޓެރި ޤައުމުތަކަށް ވެސް ގޮވާލައްވާފައެވެ.މީގެއިތުރުން އިނގިރޭސިވިލާތާ ޝްރީލަންކާގައި މިހާރުވެސް އެޕާޓީގެ މަންދޫބުން ހަރަކާތްތެރިވަމުން ދާކަން ފާހަގަ ކުރެއްވިއެވެ.ކުރީގެ ރައީސް ނަޝީދު މިއަދު ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އެމަނިކުފާނުގެ ސަލާމަތާ ރައްކާތެރިކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އިބްރާޙީމް މުޙައްމަދު ސޯލިޙު ވިދާޅުވިއެވެ.މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޗެއާރޕާސަން އަލީ ވަޙީދު ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު މިނިވަން ވަންދެން އެމްޑީޕީއާ ޖޭޕީއިން ކުރިޔަށް ގެންދާ ސީދާ ޙަރަކާތް ކުރިޔަށް ގެންދާނެކަމަށެވެ.