ކުޅިވަރު

މާގާމުން ވަކިކުރިޔަސް ކުޅުވަން ބޭނުންވާ ސްޓައިލަށް ބަދަލެއް ނުގެންނާނަން - ޗެލްސީގެ ކޯޗް މައުރީސިއޯ ސާރީ


ޗެލްސީގެ ކޯޗްކަމުން ވަކިކުރިޔަސް ކުޅުވަން ބޭނުންވާ ސްޓައިލަށް ބަދަލު ނުގެންނާނެ ކަމަށް ކޯޗް މައުރީސިއޯ ސާރީ ބުނެފިއެވެ.

ސާރީ މިހެން ބުނީ، ޕްރިމިއަރ ލީގްގައި ބޯންމައުތް އަތުން ބަލިވުމަށްފަހު، ހަޑަރސްފީލްޑް ޓައުން އާ ވާދަކުރާ މެޗުން ބަލި ވެއްޖެ ނަމަ އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

އަދި ޗެލްސީގެ ސަޕޯޓަރުން ސާރީގެ އަމިއްލަ ގޮތްގަނޑު ދޫކޮށްލާ، ޗެލްސީ މޮޅުކޮށްދިނުމަށް އިސްކަންދިނުމަށްބުނެ އޭނާއަށް ފާޑުކިޔަމުން ދަނިކޮށެވެ.

ސާރީ ބުނީ އޭނާ ކުޅުވާނީ އޭނާގެ ސްޓައިލަށް ކަމަށް. އަދި ޗެލްސީއަށް އޭނާ އައީ ހުވަފެނަކާ އެކު ކަމަށާއި ވަޒީފާއިން ވަކިކޮށްފާނެކަމަށް އޭނާގެ ސްޓައިލް ބަދަލު ނުކުރާނެކަމަށެވެ.

ޕްރިމިއަރ ލީގްގެ ތާވަލުގެ އެންމެ ކުރީގައި އުޅޭ ޓީމްތަކުގެ ކޯޗުންނަށް އިޝާރާތްކޮށް ސާރީ ބުނީ، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ، ލިވަޕޫލްގެ ޔާގެން ކްލޮޕް އަދި ޓޮޓްނަމްގެ މައުރީސިއޯ ޕޮޗެޓީނޯ އަށްވެސް އެހިސާބަށް ދާން ވަގުތު ނެގި ކަމަށާއި އޭނާއަށްވެސް ބޭނުމީ ވަގުތުކަމަށެވެ.

އަދި މުހިންމީ ރޭވުންތެރި ފުޓުބޯޅައެއް ކުޅުން ކަމަށާއި އެހެން ޓީމްތަކަށް އޭނާގެ ގޭމް ޕްލޭން ދެނެގަނެވުނަސް ފަރުވާލެއް ނެތްކަމަށެވެ. ސާރީ ބުނީ ވަޒީފާ ގެއްލިދާނެތީ ހާސް ނުވާ ކަމަށާއި، މިކަންކުރަން ބޭނުންވަނީވެސް މިއީ ޕްރެޝަރ ބޮޑުވަޒީފާއަކަށް ވާތީ ކަމަށެވެ.

ތާވަލުގެ ފުލުގައި އޮތް ހަޑަރސްފީލްޑާ ދެކޮޅަށް މިރޭ ނުކުންނައިރު، ޗެލްސީ އޮތީ ތާވަލުގެ ފަސްވަނައިގައެވެ.