ކުޅިވަރު

އިންފަންތީނޯ އާއި ބްލެޓަރގެ ތަފާތެއް ނެތް - މަރަޑޯނާ


ފީފާގައި މިހާރުވެސް ކަންކަން ހިނގަނީ ކުރީގެ ފީފާގެ ރައީސް ސެޕް ބްލެޓަރގެ ދައުރުގައި ކަންހިނގި ގޮތަށް ކަމަށްބުނެ ކުރީގެ އާޖެންޓީނާގެ ތަރި ޑިއެގޯ މަރަޑޯނާ، މިހާރުގެ ފީފާގެ ރައީސް ޖިއާނީ އިންފަންތީނޯ އަށް ފާޑުކިޔައިފިއެވެ.

މަރަޑޯނާގެ ފީފާއަށް ފާޑުކިޔަން ފަށާފައިމިވަނީ ފީފާ ލެޖެންޑްސް ޕްރޮގްރާމްގައި ކުރީގެ ތަރިން މަރަޑޯނާއަށް އިހުތިރާމް ނުކުރާކަމަށް ބުނެއެވެ.

މެރެޑޯނާ ފީފާ ލެޖެންޑްސް ޕްރޮގްރާމް ހިންމުގުމުގައި އިސްކޮށް ހަރަކާތްތެރިވި މަރަޑޯނާވަނީ މިހާރު މަގާމުން އިސްތިއުފާދީފައެވެ. އޭނާ ބުނީ ކުރީގެ ތަރިންގެ ތެރޭގައި ހިމެނޭ މާކޯ ވެންބަސްޓެން ފަދަ ކުޅުންތެރިންނާއިއެކު ހޮޓަލުގައި އޭނާ އުޅޭއިރު އެއްވެސް އިހުތިރާމެއް ނުލިބޭކަމަށާއި، އެކުޅުންތެރިން އުޅެނީ އަރާ އާސުމާނުގައިކަމަށެވެ.

މީގެއިތުރުން އެ މައްސަލަ ހައްލުކުރުމަށް ފީފާގެ ޑެޕިއުޓީ ޖެނެރަލް ސެކެޓްރީ ވޮންމީރް ބޯބަން ދިޔުމުން މަރަޑޯނާއާއި އޭނާއާ މެދު ހިތްހަމަނުޖެހުން އުފެދި ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ.

މަރަޑޯނާ ބުނީ، ކޮރަޕްޝަންގެ ސަބަބުން މަގާމުން ވަކިކުރި ކުރީގެ ފީފާގެ ރައީސް ސެޕް ބްލެޓަރގެ ދައުރާ މިހާރުގެ ފީފާގެ ހިންގުމާ އެއްވެސް ތަފާތެއް ނެތްކަމަށެވެ. އޭނާ ބުނީ ބޯބަން އެތަނަށްގޮސް އޭނާ އާ ޒުވާބުކުރީ ފީފާގެ ރައީސް ފޮނުވައިގެން ކަމަށާއި ފީފާއިން އޭނާ އާ މެދު ކަން ކުރިގޮތާމެދު ވަރަށް ބޮޑަށް ހިތާމަ ކުރާކަމަށެވެ.އަދި އޭނާއަކީ ކުޑަކުއްޖެއް ނޫންކަމަށާއި، ފީފާގެ ތެރޭގައި ކަންތައްތައް ހިނގާގޮތް މިހާރު އެނގިއްޖެކަމަށެވެ.

ކުރިން ފީފާގެ މެނޭޖްމަންޓަށް އޭނާ އިތުބާރުވެސްކުރިކަމަށާއި، އިންފަންތީނޯ އިސްވެހުރެ ކުރާ އެއްވެސްކަމެއްގައި ދެން އޭނާގެ އެހީތެރިކަން ނުލިބޭނެކަމަށްވެސް މަރަޑޯނާ ބުންޏެވެ.