ކުޅިވަރު

ފެލައިނީ ޗައިނީސް ސުޕަރ ލީގަށް


މެންޗެންސްޓަރ ޔުނައިޓެޑްގެ ބެލްޖިއަމްގެ މިޑްފީލްޑަރު މައުރޯން ފެލައިނީ ޗައިނީސް ސުޕަރ ލީގްގެ ޝަންޑޮން ލޯނެންއަށް ބަދަލްވެއްޖެއެވެ.

ޗައިނީސް ސުޕަރ ލީގްގެ ޝަންޑޮންއަށް ބަދަލްވާން އޭނާވަނީ އިއްޔެ މެޑިކަލްވެސް ފުރިހަމަކޮށްފައެވެ. 31 އަހަރު މިޑްފީލްޑަރ ޔުނައިޓެޑާއި ގުޅިފައިވަނި އެވަޓަންއިން 27 މިލިއަން ޕައުންޓްގެ ފީއަކަށް 2014ވަނަ އަހަރުއެވެ. މިދިޔަ އަހަރު ފެލައިނީވަނީ މެންޗެންސްޓަރ ޔުނައިޓެޑްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ދެ އަހަރަށް އާ ކޮށްފައެވެ.

2020ވަނަ އަހަރަށް ފެލައިނީގެ ކޮންޓްރެކްޓް ހަމަވާއިރު، މިހާރު ޔުނައިޓަޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާގެ ކޯޗް ކަމުގެ ދަށުން ޔުނައިޓަޑް ކުޅެފައިވާ 7 މެޗްގެ ތެރެއިން ފެނަލީ ކުޅެފައިވަނީ އެންމެ ތިން މިނެޓެވެ. ޔުނައިޓަޑްގެ ކުރީގެ ކޯޗުންކަމަށްވާ ލުއިސް ވެން ހާލް އާއި މޮނީނިއޯގެ ކޯޗްކަމުގެ ދަށުން ފެލައިނީއަކީ ގިނައިން ފުރުސަތު ލިބޭ ކުޅުންތެރިއެކެވެ. އޭނާވަނީ އެކުލަބަށް މުހިންމު ލަނޑުތަކެއްވެސް ޖަހައިދީފައެވެ.

މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑްގެ ކޮންޓްރެކްޓް އައު ކުރާނެކަމަށް ބެލެވުނު ފެލައިނީއަކީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ މެދުގައި އެހާ މަގުބޫލު ކުޅުންތެރިއެއް ނޫނެވެ.
2014ގެ ފަހުން ފެލައިނީ ޕްރިމިއަރ ލީގުގައި ޔުނައިޓެޑަށް ކުޅުނު 122 މެޗުގައި 12 ގޯލް ޖަހައިދިނެވެ.