ކުޅިވަރު

އޭދަފުށީ ޓީމްގެ އަމާޒަކީ ގައުމީ ފެންވަރުގެ އާކުޅުންތެރިންތަކެއް ނެރުން - ކޯޗް ޒާހިދު


21 އަހަރުންދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ އޭދަފުށީ ޓީމުގެ އެންމެ ބޮޑު އަމާޒަކީ އައު ކުޅުންތެރިންތަކެއް ގަލޮޅު ދަނޑަށް ނެރުންކަމަށް އޭދަފުށީ 21 ދަށުގެ ޓީމްކޯޗް މުހައްމަދު ޒާހިދު ބުނެފި.
މިމަހުގެ 4 ވަނަދުވަހު ފަށާ 21 ދަށުގެ މި މުބާރާތުގައި ވާދަކުރާ ކްލްބް އޭދަފުށީ ޓީމްގެ ކޯޗް މުހައްމަދު ޒާހިދު ބުނީ ޓީމަށް އަދި މެނޭޖްމަންޓަށްވެސް މާބޮޑު ޕްރެޝަރެއް ނެތްކަމަށް. އޭދަފުށީގެ ޓީމަކީ ގްރޫޕްގައި ހިމެނޭ ޓީމްތަކާއި ވާދަކޮށް ކާމިޔާބު ހޯދޭވަރުގެ ޓީމެއްކަމަށް އޭނާ ބުނި. ކޯޗު ބުނީ މިފަހަރުގެ ސްކޮޑަށް ބަލާއިރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ބޭނުންވާނެވަރުގެ 8 ނުވަތަ 9 ކުޅުންތެރިން އެ ޓީމުގައި ތިބޭނެ ކަމަށް.

"މުހައްމަދު ޒާހިދު ބައްޓޭ "އަޅުގަނޑުމެންގެ އަމާޒަކީ ޅަ ޒުވާން ކުޅުންތެރިންތަކެއް އުފެއްދުން. އަދި މީގެ އިތުރުން އޭދަފުއްޓަކީ ކުޅުންތެރިން ތިބި ތަނެއްކަން ދައްކުވައި ދިނުން. މިޓީމްގޮވައިގެން މިމުބާރާތުގައި ރަގަޅު ފައިޓެއް ދޭނަނަން."

މި މުބާރާތުގައި މިފަހަރު ނުވަ ޓީމު ވާދަ ކުރާނެ. އެއީ މާޒިޔާ، ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގޭންގް، ށ.ފޯކައިދޫ، ވިކްޓަރީ، އޭދަފުށި އަދި ޔުނައިޓެޑް ވިކްޓަރީ. އޭދަފުށި ލައްވާލީ ގްރޫޕް ބީގައި. އޭދަފުއްޓާއިއެކު މި ގްރޫޕްގައި
އޭދަފުށިން ވަނީ މީގެ ކުރިން 2013 އަދި 2014 ވަނަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ.