ސިޔާސީ

ސިވިލް ކޯޓުގެ އިސްގާޒީ ޑްރަގް ކޯޓަށް ބަދަލުކުރައްވައިފި


ސިވިލްކޯޓްގެ އިސްޤާޒީ
އަލީ ރަޝީދު ޑްރަގްކޯޓަށް ބަދަލްކުރެއްވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.




ކްރިމިނަލްކޯޓްގައިވެސް
ކުރިން ފަނޑިޔާރުކަން ކުރެއްވި އަލީ ރަޝީދު ސިވިލްކޯޓުން ޑްރަގްކޯޓަށް
ބަދަލްކުރެއްވީ އެނާގެ އެދިވަޑައިގަތުމުގެ މަތިންކަމަށް މައުލޫމާތުލިބިފައިވެއެވެ.




އަލީ ރަޝީދު ޑްރަގް
ކޯޓަށް ބަދަލު ކުރެއްވި އިރު ޑްރަގް ކޯޓްގެ ފަނޑިޔާރަކަށް ހުންނެވި ޒުބެއިރް
މުހައްމަދު ވަނީ ސިވިލްކޯޓަށް ބަދަލްކުރައްވާފައެވެ. އެހެންމަވެސް އޭނާ ބަދަލްކުރެއްވީ
ކީއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ.



ސިވިލްކޯޓްގެ
އިސްގާޒީއަކަށް ހުންނެވި އަލީ ރަޝީދު ޑްރަގްކޯޓަށް  ބަދަލުކުރެއްވުމުން  ސިވިލްކޯޓުން ވަގުތީ ގޮތުން ހިންގުން ޙަވާލްކުރައްވާފައިވަނީ
ފަނޑިޔާރު އަބްދުﷲ އަލީ އާއެވެ.



ޖުޑީޝަލް ސާރވިސް ކޮމިޝަނުން
ދާދި ފަހުން ސިވިލްކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު އަދި  ކްރިމިނަލްކޯޓުގެ ފަނޑިޔާރުކަމަށް އެއް
ބޭފުޅަކު އައްޔަންކުރައްވާފައިވެއެވެ.