ތަޢުލީމު

އަހްމަދިއްޔާ ސްކޫލަށް 33 އަހަރުފުރުން ފާހަނގަކޮށްފި


އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ތެއްތިރީސް އަހަރުފުރުމުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ޚާއްސަ ހިނގާލުމެއް ބާއްވައިފިއެވެ.ދަރިވަރުންނާއި، މުދައްރިސުންނާ  ބެލެނިވެރިން ބައިވެރިވެގެން ކުރިޔަށްދިޔަ މިހިނގާލުމުގައި އެސުކޫލްގެ ކެޑޭޓުންނާއި، ސްކައުޓުންނާއި ގާލްގައިޑުންވެސްވަނީ ހަރަކާތްތެރިވެފައެވެ.މިއަހަރު އަހްމަދިއްޔާ ސްކޫލް، އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުވެފައިވާއިރު އަހަރީ ދުވަހާއި ގުޅިގެން އެސްކޫލްގައި މިއަދު ބޭއްވި ޚާއްސަ އެސެމްބްލީއެއްގައި ސްކޫލްގެ 2015 ވަނައަހަރުގެ އިސްމަގާމްތަކަށް ހޮވުނު ދަރިވަރުންނަށްވަނީ އެކަމުގެ ލިޔުމާއި ސޭޝް ހަވާލުކޮށްފައެވެ.އަހްމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އަހްމަދު ރަޝީދު ވިދާޅުވީ، ސްކޫލަށް ތެއްތިރީސް އަހަރުވެފައިވާއިރު، ތައުލީމީ ރޮނގުން ގިނަ ކުރިއެރުންތަކާއި، ކާމިޔާބީތައް ލިބިފައިވާކަމަށާއި، އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުވުމާއިއެކު އިތުރު ބަސްތައް ކިޔަވައިދިނުމާއި، ތަފާތު ރޮނގުރޮނގުން ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.