ޚަބަރު

މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފި


މިރޭ މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.މި ޒުވާނާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ދަރުބާރުގޭ ކުރިމަތީގައި އޮންނަ ގޯޅިތެރެއިންކަމަށް ފުލުހުން ބުނެއެވެ.މި ޒުވާނާ ނިޔާވެފައިވަނީ އެވަގުތު އެތާގައި ތިބި އާންމުންގެ ބަޔަކު އޭނާ ޕިކަޕަކަށް ލައިގެން އޭޑީކޭ ހޮސްޕިޓަލަށްގެންގޮސް ފަރުވާދެމުން ދަނިކޮށްކަމަށް ފުލުހުންވަނީ ބުނެފައެވެ. މިރޭ 10:20 ހާއިރު، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ނިޔާވި ޒުވާނާއާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.ފުލުހުންދަނީ މި މައްސަލަ ތަހުގީގްކުރަމުންނެވެ.