ކުޅިވަރު

23 އަހަރުންދަށުގެ ޓީމް އޭއެފްސީ ކޮލިފިކޭޝަންއަށް ތައްޔާރުވާން ފަށައިފި


އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަން މުބާރާތުގައި ބައިވެރިވުމަށް ގައުމީ 23 އަހަރުން ދަށުގެ ޓީމްގެ ފަރިތަކުރުންތައް ފަށައިފިއެވެ.

ސައުދި އަރަބިއްޔާގައި ކުޅުމަށް ހަމަޖެހިފައިވާ ކޮލިފިކޭޝަންގެ މެޗްތަށް ކުރިއަށްދާނީ މާޗް މަހުގެ 22 މާޗް މަހުގެ 26ގެ ނިޔަލަށެވެ. ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލާފައިވަނީ ގަލްފުގެ ގަދަ ބާރުތަކާއެކު ގުރޫޕް ޑީ ގައެވެ. މިގުރޫޕްގައި ރާއްޖޭއާއެކު ހިމެނެނީ ސައުދި އަރަބިއްޔާ، ޔޫއޭއީ އަދި ލެބަނަންއެވެ.

ޖޫނިއަރ ޓީމްގެ ކޯޗަކީ މިދިޔަ އަހަރު ރާއްޖެއަށް ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްދިން ކޯޗް ޕީޓާރ ސެގާޓް އަދި އެސީސްޓަންޓް ކޯޗްއަކީވެސް ސީނިއަރ ޓީމްގެ އެސިސްޓަންޓް ކޯޗް އަހުމަދު ޝާކިރެވެ.
މިހާރު ޓީމް ފަރިތަކުރަނީ މިއަންނަ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫތް ސެމްޕިއަންޝިޕްގެ އެއްވެސް ޓީމްއަކަށް ނުކުޅޭ ކުޅުންތެރިންނާއިއެކުއެވެ.

ގައުމީ ކޯޗް ޕީޓަރ ސެގާޓް ބުނީ ޔޫތް ޗެންޕިއަންޝިޕަށް ފަހު ޓީމް ވަރަށް ބޮޑަށް ބަދަލްވާނެކަމަށެވެ. އަދި ކޮލިފައިން މެޗުތަކާއި ރާއްޖެ ކުރިމަތިލާއިރު އެންމެ ބޮޑު މައްސަލައަކަށްވަނީ މިދިޔަ މަހުގެ ނޮވެންބަރު މަހުން ފެށިގެން މީގެއިން އެއްވެސް ކުއްޖަކު މެޗެއް ކުޅެފައި ނުވުންކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅުކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި ގުރޫޕްގައި އޮތް އަރަބި ގައުމުތަކަކީ ފިޓްނަސްގެ ގޮތުން ތަފާތު ބަޔަކަށްވާނެކަމަށް ކޯޗް ސެގާޓް ބުންޏެވެ.

ކޮލިފިކޭޝަންގެ ފުރަތަމަ މެޗްގައި މާޗްމަހުގެ 22ވަނަ ދުވަހު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް ނިކުންނާނީ ސައުދި އަރަބިއްޔާއާއި ދެކޮޅަށެވެ. މާޗް 24ގައި ޔޫއޭއީއާއި ދެކޮޅަށް ނުކުންނައިރު 26ގައި ރާއްޖެގެ ޓީމް ވާދަކުރާނީ ލެބަނަންއާއެވެ.

އޭއެފްސީ މެންބަރު 47 ގައުމްގެ ތެރެއިން ކޮލިފިކޭޝަންގައި ބައިވެރިވަނީ 44 ޓީމެވެ.
11 ގުރޫޕްއަކަށް ބަހާލައިގެން ކުރިއަށްދާ މިކޮލިފައިން މެޗްތަކުން ކޮލިފައިވާނީ ކޮންމެ ގުރޫޕްއަކުން އެއްވަނައަށް ދާ ޓީމާއި، 11 ގުރޫޕްގެ ތެރެއިން 2ވަނައަށް ދާ ޓީމްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމެވެ.