ކުޅިވަރު

"މިސްޓަރ މޯލްޑިވްސް" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި


މިއަހަރުގެ ނެޝަނަލް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް "މިސްޓަރ މޯލްޑިވްސް" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޮޑީ ބިލްޑިންގް އެސޯސިއޭޝަނުން މި މުބާރާތުގެ ފުރުސަތު ހުޅުވާލާފައިވަނީ އޭޕްރިލް އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި އަމިއްލަ ފަރުދެއްގެ ގޮތުންނާއި، ޖިމެއްގެ ފަރާތުން އަދި ރާއްޖޭގެ ރިސޯޓެއްގެ ފަރާތުންވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އަދި ދިވެހި ރައްޔިތެއް ކަމުގައި ވާނަމަ ކޮންމެ މީހަކަށްވެސް މި މުބާރާތުގައި ބައިވެރި ވެވޭނެ ކަމަށްވެސް އެސޯސިއޭޝަނުން ބުނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ރެޖިސްޓްރޭޝަން ފޯމް އެސޯސިއޭޝަނުން ލިބެން ހުންނާނެއެވެ.

1997 ވަނަ އަހަރު ބޮޑީބިލްޑިންގ އެސޯސިއޭޝަން ވުޖޫދަށް އައިފަހުން، 1999 ވަނަ އަހަރުން ފެށިގެން ބާއްވަންފެށި މި މުބާރާތަކީ އެ އެސޯސިއޭޝަނުން އެންމެ ބޮޑަށް ތައްޔާރުވާ މުބާރާތްކަންވެސް ފާހަގަކޮށްލެވެއެވެ.