ޚަބަރު

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި


ފުވައްމުލަކު ސިޓީގެ ޕޮލިސް ސްޓޭޝަނުން އެރަށު ކެންގަރޫ ކިޑްސް ޕްރީ ސްކޫލްގެ ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނީ ކެންގަރޫ ކިޑްސްގެ ބެލެނިވެރިންނަށް އަމާޒުކޮއްގެން އިއްޔެ ކުރިޔަށް ގެންދިޔަ ޕްރޮގްރާމަކީ އެ ސްކޫލްގެ ބެލެނިވެރިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ޓްރެފިކް ޤާނޫނަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާ، ގުޅޭގޮތުން މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވާކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މައުލޫމާތުދެއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގެންދަނީ އެރަށު އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި މިފަދަ ޕްރޮގްރާމްތައް ފުވައްމުލަކުގައި ހިންގާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާނެކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މައުލޫމާތުދެއެވެ.