ކުޅިވަރު

އަންހެން ފުޓުބޯޅަ ޓީމްގެ ހަތަރު ކުޅުންތެރިއަކަށް ކޯޗިންގް ފުރުސަތު


ޤައުމީ އަންހެން ޓީމުގެ ހަތަރު ކުޅުންތެރިއަކަށް ކޯޗިންގެ ފުރުސަތު ދިނުމަށް އެފްއޭއެމުން ނިންމައިފިއެވެ.

ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލްގަނީ ބުނީ 2019 ވަނަ އަހަރު އަންހެން ފުޓްބޯޅަ ކުރިއެރުވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
މިހެންވެ އެފްއޭއެމުން އަންހެން ކުޅުންތެރިންނަށް ހާއްސަ އެކަޑަމީއެއް ފައްޓާނެ ކަމަށާއި އަދި އެއެކަޑަމީގައި ކޯޗުކޮށްދިނުމުގެ ފުރުސަތު އަންހެން ޓީމުގެ ހަތަރު ކުޅުންތެރިއަކަށް ދޭން ނިންމާފައިވާ ކަމަށް ސާންތީ ބުންޏެވެ.

ސާންތީ ބުނީ މިކަމުގެ ބޭނުމަކީ އަންހެން ފުޓްބޯޅަ އަށް ޒުވާން ކޯޗުން ނެރުން ކަމަށާއި ގައުމީ އަންހެން ޓީމުގައި ކޯޗުކަން ކުރުމުގެ ގާބިލްކަމާއި ޝައުގުވެރިކަން ހުރި ކުޅުންތެރިން އެބަތިބި ކަމަށެވެ.