ކުޅިވަރު

އަމީރީ ފުރީ ފިލައިގެން، އޭއެފްސީއަށް މައްސަލަ ހުށަހަޅައިފިން - ނިއުރޭޑިއެންޓް


ނިއުއަށް މިދިޔަ ސީޒަންގައި ކުޅުނު އަފްޣާނިސްތާންގެ ކުރީގެ ކެޕްޓަން ހާރޫން އަމީރީގެ މައްސަލަ އޭއެފްސީއަށް ހުށައަޅާފައިވާކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް ބުނެފިއެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް ބުނީ ހާރޫން އަމީރީ ފުރާފައިވަނީ ކުލަބަށް ފިލައިގެންކަމަށެވެ. އަމިރީ ވަނީ އޭނާ އުޅެނު އެޕާޓްމަންޓުން ކްލަބުން އޭނާ ނެރުނު ކަމަށާއި އަދި ދެ މަހުގެ މުސާރަ ނުދީ އޮތް ކަމަށް މީޑިއާގައި ބުނެފައެވެ. އަދި އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށް ވެސް އަމީރީ ވަނީ އޭރުގައި ބުނެފައެވެ.

އަމީރީ ރާއްޖެ ދޫކޮށް ދިޔައިރު ނިއު ރޭޑިއަންޓުން އޭނާގެ ކޮންޓްރެކްޓް ބާތިލްކޮށްފައެއް ނުވެއެވެ.
ކުލަބްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޒާމް ބުނީ އަމީރީ ކަންތައްކޮށްފައި ދިޔައީ އެންމެ ރަނގަޅަށް ނޫންކަމަށެވެ.
އަދި އަމީރީއަކީ ވަރަށް މައްސަލަ ބޮޑު ކުޅުންތެރިއެއްކަމަށާއި އަފްޣާނިސްތާންގެ ފެޑެރޭޝަނުންވެސް އަމީރީގެ މައްސަލައެއް ފީފާއަށް ހުށައަޅާފައިވާކަމަށް ނިޔާޒް ބުންޏެވެ. އަދި އަމީރީ ފުރައިގެންދިޔައިރު އޭނާއަށް ނިއުއިން ދޭންޖެހެނީ އެއް މަހުގެ މުސާރަކަމަށްވެސް ނިޔާޒް ބުންޏެވެ.
އަމިރީއާ ގުޅޭ ހުރިހާ ލިއެކިއުންތަކާއި މުސާރަ ސްލިޕްތައްވެސް ނިއުރޭޑިއަންޓުން ފީފާއަށް ހުށައަޅާފައި ވާކަމަށްވެސް ނިޔާޒް ބުންޏެވެ.