ކުޅިވަރު

އިސްމާއީލް އީސާ (މެސީ) ޓީސީ އަށް


މިދިޔަ ސީޒަނުގައި މާޒިޔާއަށް ކުޅުނު މިޑްފީލްޑަރު އިސްމާއީލް އީސާ ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެއެވެ.

އީސަ ޓީސީއަށް ބަދަލުވިކަން އެކުލަބުންވަނީ ޔަގީންކޮށްދީފައެވެ.
ވިކްޓްރީން ކެރިއަރު ފެށި އީސަ ވަނީ ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ. އަދި 2015 ވަނަ އަހަރު އީގަލްސްގެ ޓީމުގައި އޭނާ މޮޅު ކުޅުމެއް ދެއްކިއެވެ.
އޭގެ ފަހުން އޭނާ ކުޅުނުނީ މާޒިޔާއަށެވެ. ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ 2017ވަނަ އަހަރު އޭނާ ކުޅުނީ ވިކްޓްރީއަށެވެ. އެ ސީޒަނުގައި ދިވެހި ޕްރިމިއާރ ލީގުން ވިކްޓްރީ އަށް ފުރުސަތު ނުލިބުމުން ސީޒަނުގެ ބާކީ ބައިގައި އީސަ ފެނުނީ މާޒިޔާއިންނެވެ.
2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާރ ލީގުގައި މާޒިޔާއަށް ކުޅުމަށްފަހު މިދިޔަ ސީޒަނުގައިވެސް އީސަ ފެނުނީ އެ ކްލަބުންނެވެ.

އީސަ ޓީސީ އަށް ބަދަލުވިއިރު މިދިޔަ ދެ ސީޒަނުގައި ޓީސީގެ މެދުތެރޭގައި މޮޅު ކުޅުމެއްދެއްކި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި ފޯވާޑް އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) މާޒިޔާއަށް ބަދަލުވާން އުޅޭކަމަށް ވަނީ އަޑު ފެތުރިފައެވެ.