ކުޅިވަރު

ބޭސިކް ފުޓްސެލް ރެފްރީ ކޯހެއް ލ.އަތޮޅު ފޮނަދޫގައި ފަށައިފި


ބޭސިކް ފުޓްސެލް ރެފްރީ ކޯހެއް ލ.އަތޮޅު ފޮނަދޫގައި ފަށައިފިއެވެ. ލ.އަތޮޅު ފޮނަދޫގައި ފެށި މިކޯހަކީ އެފްއޭއެމް އާއި ފޮނަދޫ ޔޫތް ޑިވޮލޮޕްމަންޓް ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ ކޯހެކެއެވެ. މިމަހުގެ 25 ހުން 31 ނިޔަލަށް ކުރިއަށްދާ މިކޯހުގެ ބައިތަށް ކިޔަވައިދޭނީ އެފްއޭއެމްގެ ސީނިއާރ ރެފްރީއެއްކަމަށްވާ އަލީ ސަލީމްއެވެ.
ލ.އަތޮޅު ފޮނަދޫ ޔޫތް ޑިވޮލޮޕްމަންޓް ސޮސައިޓީއަކީ ޒުވާނުންނަށް ތަފާތު ދާއިރާތަކުން ތަމްރީންގެ ފުރުސަތު ހޯދައިދިނުމާއި އާންމުނަށް އާމްދަނީ ލިބޭނެ ގޮތް ތަނަވަސްކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ.
މިޖައްމިއްޔާއިންވަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސެޓްފިކެޓް 3 އިން ޕޮޓޯގުރަފީ ކޯހެއްވެސް ހިންގާފަ. ފޮޓޯގުރަފީ ކޯސް ހިންގާފައިވަނީ އައްޑޫ ސިޓީ، ފުވައްމުލަށް، ލ.މާވަށް، މާބައިދޫ، ފޮނަދޫ އަދި ބ.އަތޮޅު ދަރަވަންދޫގައެވެ.
ފޮނަދޫ ޔޫތް ޑިވޮލޮޕްމަންޓް ސޮސައިޓީ މިއަހަރުވެސް ތަފާތު ކޯސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.