ކުޅިވަރު

ޜާއްޖޭގައި ފުރަތަމަ ފަހަރަށް ވޮލީ އެކަޑަމީއެއް ތައާރަފްކޮށްފި


ޗީބޯ ވޮލީ އެކަޑަމީގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޮލީ އެކަޑަމީއެއް ތަޢާރަފްކޮށްފި އެވެ.

ރާއްޖޭގައި ވޮލީ ކުޅެމުންދާތާ މިހާރު 50 އަހަރު ވަނީ ވެފައެވެ. ކުޑަކުދިނަށް އަމާޒްކޮށްގެން ޗީބޯ އެކަޑަމީއިން ފުރަތަމަ ތަމްރީން ކުރަން ފަށާފައިވަނީ ސްކޫލް ކުދިންނެވެ.

މިހާތަނަށް ރާއްޖޭގައި ވޮލީ ކުޅުންތެރިން އުފެދިފައިވަނީ އިންޓަރ ސްކޫލްގެ މުބާރާތަކުންނާއި އެކިއެކި އަތޮޅުގެ މުބާރާތަކުންނެވެ. ނަމަވެސް ކުޑަކުދިންނަށް އަޒާމްކޮށްގެން ވޮލީގެ އެންމެ ބޭސިކް ކަންތަށްތަށް ދަސްކޮށްދިނުމަށް އެކަޑަމީއެއް އުފެދިގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ. ޗީބޯ އެކަޑަމީއިން އެންމެ ފުރަތަމަ އެކަޑަމީގެ މަސައްކަތްތަށް ފަށާފައިމިވަނީ ހިރިޔާ ސްކޫލްގައެވެ.

ޗީބޯ އެކަޑަމީއަކީ ޗިބޯގެ މަސްޢޫލުވެރިޔާ މުހައްމަދު ރަނޭޝް (ރަނޭ) އާއި މޯލްޑިވްސް ވެޓަރަންސް ވޮލީ ބޯލް ގުޅިގެން ކުރިއަށްދެންދާ އެކަޑަމީއެކެވެ. ޗީބޯގެ ފަރާތުން އެކަޑަމީގެ އިދާރީ ކަންތަށްތަށް ކުރިއަށް ގެންދާއިރު މޯލްޑިވްސް ވެޓަރަންސް ވޮލީ ބޯލްގެ ފަރާތުން އެކަޑަމީއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޓެކްނިކަލް ސަޕޯޓެވެ.

ޗީބޯ އެކަޑަމީގެ ފަރާތުން ފަހުތުﷲ ވަހީދު (ފައްލޯ)ބުނީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދަން ބޭނުންވާނަމަ، އެންމެ ކުޑައިރުސުރެއް ވޮލީ ބޭސިކް ކިޔައިދޭންޖެހޭކަމަށެވެ. ވޮލީގެ އެންމެ ބޭކިސް ކަންތަށްތަށް ކުޑައިރު އިނގިގެން ބޮޑުވާ ކުދިނަށް ވޮލީ ކުޅެން ވަރަށް ފަސޭހަވާނެކަމަށާއި ކުޑަކުދިންނަކީ ވޮލީގެ މުސްތަގްބަލްކަމަށްވެސް ފައްލޯ ބުންޏެވެ.
"ހިރިޔާ ސްކޫލްގައިގައި މިހާރު މިފެށީ. ހުރިހާ ސްކޫލްއެއްގައި އެއް ފަހަރާ ގެންދިއުމަކީ ވަރަށް އުދަގޫކަމެއް. ދެމެހެއްޓެނިވި ގޮތެއްގައި މިއެކަޑަމީގެ ކަންތަށްތަށް ކުރިއަށް ގެންދިއުން އެންމެ ބޮޑުކަމަކީ. މިހާރު އެންމެ ފުރަތަމަ މިބަލަނީ ކުރިއަށް އޮތް އިންޓަރ ސްކޫލް މުބާރާތަށް ކުދިން ތަމްރީން ކުރުން. އެންމެ ފުރަތަމަ 3 ސްކޫލްއެއްގައި ފެށުމަށް މިހާރު ނިންމާފައިވަނީ. އިސްކަންދަރު ސްކޫލް އާއި ގިޔާސުއްދީން އަދި ހިރިޔާ ސްކޫލްގައި އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ. މިހާރު ހިރިޔާ ސްކޫލްގައި އެކަޑަމީގެ މަސައްކަތްވަނީ ފެށިގަ. އިސްކަންދަރު ސްކޫލް އާއި ގިޔާސުއްދީން ސްކޫލްގައި ފެށުމަށް އެންމެ ފަހުގެ މަރުހަލާގެ ކަންތަށްތަށް މިހާރު ކުރިއަށްދަނީ. ވަރަށް އަވަހަށް ފެށިގެންދާނެ."

ޗީބޯ އެކަޑަމީއިން ތަމްރީންވަމުންދާ ހިރިޔާ ސްކޫލްގެ ބައެއް ކުދިން ބުނީ ވޮލީ ކުޅެން ލޯބި ކުރާ ކުދިންނަށް މިއީ ވަރަށް ރަގަނޅު ފުރުސަތެއްކަމަށް އަދި ހާއްސަކޮށް ވޮލީގެ މުބާރާތްތަށް ވަރަށް މަދުން އޮންނައިރު މިއީ ވޮލީ އިތުރަށް ދަސްކުރުމަށް ލިބިގެންދިޔަ ވަރަށް ރަގަނޅު ފުރުސަތެއްކަމަށެވެ.

"މިހާރު ވޮލީގެ ބޭކިސް ކަންތަށްތަށް ވަރަށް ރަގަނޅަށް ދަސްވަމުން އެބަދޭ. މިއީ ވޮލީ ކުޅެން ބޭނުންވާ ކުދިންނަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް. މިޕްރޮގްރާމްއިން ދަސްވަނީ ހަމައެކަނި ވޮލީ ކުޅޭ ގޮތެއް ނޫން، ލީޑަޝިޕް، ނިއުޓްރިޝަން، ޓީމް ވޯކްވެސް މިއިން ދަސްވޭ. ވޮލީގައި މުބާރާތްތަށް މަދުވެފަ އެކަޑަމީގެ ސަބަބުން ކުޅުމުގެ ފުރުސަތު ލިބިގެންދޭ."

ޗީބޯ އެކަޑަމީއަކީ ވޮލީ ބޯލް އެސޯސިއޭޝަންގެ ކުރީގެ ސީނިއަރ ވައިސް ޕްރެޒިޓެންޑް އިސްކޮށް ހުރެގެން ކުރިއަށްގެންދާ އެކަޑަމީއެކެވެ. ރަނޭޝް ބުނީ މިއީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއްކަމަށާއި ބޭނުންވަނީ ގައުމީ ޖޫނިއަރ ޓީމްތަކަށް މޮޅެތި ކުޅުންތެރިން އުފެއްދުންކަމަށެވެ.