ކުޅިވަރު

ބުދަދުވަހުގެ މެޗުން ހިގުއެއިން ފެނިދާނެ - އެސިސްޓަންޓް ކޯޗް


އެފްއޭކަޕްގައި ޝެފީލްޑާ ވާދަކުރާ މެޗުން ޓީމާއި އަލަށް ގުޅުނު ހިގުއައިން ފެނުމުގެ ފުރުސަތު އެބައޮތްކަމަށް ޗެލްސީގެ އެސިސްޓަންޓް ކޯޗް ޖިއާންފްރެންކޯ ޒޯލާ ބުނެފިއެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ބަދަލުވި ގޮންޒޮލޯ ހިގުއައިންއާއި ގުޅޭގޮތުން ޒޯލާ ބުނީ، ޗެލްސީގެ ދަނޑުގައި ކުޅޭ މެޗަށް ރެސްޓްދޭން ބޭނުންވާ ކުޅުންތެރިންވެސް ތިބުމާއެކު، ހިގުއައިން ފުރުސަތުދިނުން ގާތްކަމަށެވެ.
ނަމަވެސް އަދި ކްލަބްތެރޭގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ޒޯލާ ބުންޏެވެ.

ޒޯލާ ބުނީ ހިގުއައިންގެ ގޯލްޖެހުމުގެ ހުނަރާއެކު އޭނާއަކީ މިވަގުތު ކްލަބަށް ވަރަށް ބޭނުންވެފައިވާ ކުޅުންތެރިއެއް ކަމަށާއި، ލަނޑު ޖެހުމުގެ މައްސަލައަށް ހިގުއައިންއާއިއެކު ހައްލެއް ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ.

ހިގުއައިން ލޯން އެއްބަސްވުމަކަށް އޭނާގެ ކުރީގެ ކޯޗް މައުރީސިއޯ ސާރީގެ ކްލަބަށް ބަދަލުވީ މިދިޔަ ބުދަ ދުވަހުއެވެ.