ކުޅިވަރު

ދުބާއީ މެރެތަންގައި ޝިފާޒް، ފިރިހެންނުންގެ 30 އަހަރުންދަށުގެ ކެޓަގަރީން އެއްވަނަ ހޯދައިފި


ދުބާއީ މެރެތަންގައި ރާއްޖޭގެ ޝިފާޒް މުހައްމަދު، ފިރިހެންނުންގެ 30 އަހަރުންދަށުގެ ކެޓަގަރީން އެއްވަނަ ހޯދައިފިއެވެ. ޝިފާޒް މުހައްމަދު ރޭސް ނިންމާފައިވަނީ 2 ގަނޑިއިރު 32 މިނެޓް 56 ސިކުންތުންނެވެ. މިއައެކު ޝިފާޒްވަނީ މެރެތަންގެ ގައުމީ ރެކޯޑް ޝިފާޒްގެ ކެރިއަރުގައި 4ވަނަ ފަހަރަށް މުގުރާލާފައެވެ. ޝިފާޒް އެންމެ ފަހު މެރަތަންގެ ރެކޯޑް މުގުރާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައި އޮސްޓްރޭލިއާގައި އޮތް މެރެތަންގައި 2 ގަނޑިއިރު 35 މިނެޓް 17 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޝިފާން މެރަތަން ރެކޯޑް ދުބާއީގައި މިއަދު އާކޮށްފައިވަނީ މިދިޔަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގެ ޓައިމިންނަށް ވުރެއް 2 މިނެޓް 24 ސިކުންތުން ކުރި ހޯދައިގެންނެވެ. ދުބާއީގެ ހޫނުގައި ދުވެ ޝިފާޒް ރޭސް ނިންމާފައިވަނީ 21 ވަނައަށެވެ.