ކުޅިވަރު

ސައުދީ އަތުންވެސް ރާއްޖެ ބަލިވެއްޖެ


އޮމާނުގައި މިހާރު ކުރިޔަށްދާ ވެސްޓާން ރީޖަން ޓީ20 ކްރިކެޓް މުބާރާތުގައި ސައުދި އަރަބިއްޔާ އަތުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

ސައުދި އަރަބިއްޔާ މެޗް ކާމިޔާބުކޮށްފައިވަނީ ހަ ވިކެޓްގެ ތަފާތުންނެވެ.
މެޗްގައި ޓޮސް ދިމާވުމުން ރާއްޖޭގެ ޓީމްއިން ގަސްތުކުރީ ކުޅުމަށެވެ. ރާއްޖެއިން ކުޅެން އަރާ 7 ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެ ތެރޭގައި 139 ލަނޑު ހަދާފައިވެއެވެ. ރާއްޖޭގެ ޓީމްއިން އެންމެ ރަގަނޅަށް ކުޅުނީ 67 ލަނޑު ހެދި ރިޝްވާން މުހައްމަދު އާއި 19 ލަނޑު ހެދި މުއާވިއަތު އަބްދުލް ޢަނީއެވެ.

ޖަވާބުގައި ސައުދި އަރަބިއްޔާއިން ކުޅެން އަރާ 4 ކުޅުންތެރިން ނުބައިވެގެން 17 އޯވަރުގެ ތެރޭގައި 140 ލަނޑު ހެދިއެވެ.

ރާއްޖެ މިމުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސްވަނީ ބަލިވެފައެވެ. އެއީ ކުވެއިތު އަތުން 8 ވިކެޓުން އަދި ބަޙްރެއިން އަތުން 2 ވިކެޓުންނެވެ.
މިމުބާރާތުގެ ފަހު މެޗްގައި ރާއްޖެ ވާދަކުރާނީ ގަތަރާއެވެ.