ކުޅިވަރު

އެސޯސިއޭޝަންކަޕްގައި ވާދަކުރުމުގެ އުންމީދު ކްލަބް ވޮލީބޯލްއިން ދެމެހެއްޓުން


ޕްރިލިމިނަރީ ބުރުން ކޮލިފައިވެ އެސޯސިއޭޝަން ކަޕްގައި ވާދަކުރުމުގެ އުއްމީދު ކުލަބް ވޮލީ ބޯލް އިން ދަމަހައްޓައިފިއެވެ.

މިހާރު ކުރިއަށްދާ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް ކުލަބް ވޮލީ ބޯލްއިންވަނީ ދެ މެޗުން ފަސް ޕޮއިންޓް ހޯދާފައެވެ. ލޮރެންޒޯ އަދި އަލްމާ ސްޕޯޓްސް ކުލަބަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ލޮރެންޒޯ މިހާތަނަށް ކުޅެފައިވަނީ ދެ މެޗް އަދި އަލްމާ ސްޕޯޓްސް ކުލަބް ތިން މެޗް ކުޅެފައިވެއެވެ. ޕްރިލިމިނަރީ ބުރުން އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމް އެސޯސިއޭޝަން ކަޕްއަށް ކޮލިފައިވާނެއެވެ.

ކުލަބް ވޮލީ ބޯލްއިން ރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ ވޮލީ ބޯލް ޔޫތް ޖެނެރޭޝަންއާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މިމެޗްގެ ސެޓްތަށް ކުލަބް ވޮލީބޯލް ގެންދިޔައީ 25-17، 25-21 އަދި 25-21 ހުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ކުލަބް ވޮލީ ބޯލްގެ މަރިޔަމް ނިޝާއެވެ.

ޕްރިލިމިނަރީ ބުރުގައި އިއްޔަ ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ އަލްމާ ސްޕޯޓްސް ކުލަބެވެ. ޒެނިތް ސްޕޯޓްސް ކުލަބްއާއި ވާދަކޮށް މެޗްގެ ސެޓްތަށް އަލްމާ ސްޕޯޓްސް ކުލަބް ގެންދިޔައީ 24-26، 25-17، 25-12 އަދި 25-16އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އަލްމާ ސްޕޯޓްސް ކުލަބްގެ އައިޝަތު ޔުމްނާއެވެ.
މިމުބާރާތުގެ މެޗްތަށް މިއަދު ހަވީރުއާއި މިރޭވެސް ކުރިއަށްދާނެއެވެ. ޕްލިމިނަރީ ބުރުން ދެ ޓީމާއި ޕޮލިސް އަދި ވެމްކޯއާއިއެކު އެސޯސިއޭޝަން ކަޕްގައި ކުޅޭނީ 4 ޓީމެވެ. ޕްލިމިނަރީ ބުރުގެ ފަހު މެޗްތަށް ކުޅެވޭނީ މާދަމާއެވެ.

އެސޯސިއޭޝަން ކަޕްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ދެވަނަ ދުވަހުއެވެ.