ކުޅިވަރު

ރޮނާލްޑޯ ޖަލަށް ދާން ނުޖެހި ސަލާމަތްވެއްޖެ


ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 5 ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ 19 މިލިއަން ޔޫރޯގެ ޖޫރިމަނާއަކާއެކު ޖަލަށް ދާން ނުޖެހި ސަލާމަތްވެއްޖެއެވެ.
ރޮނާލްޑޯއަށް ހުކުމް ކޮށްފައިވަނީ އިއްޔެ އޭނާ ކޯޓަށް ހާޒިރު ކުރުމަށްފަހުއެވެ.
ޔުވެންޓަސްގެ ފޯވާޑް ކޯޓަށް ހާޒިރު ކުރި ވަގުތު ކޯޓްގެ ބޭރުގައި ގިނަ އަދަދެއްގެ މީޑިޔާ އެއްވެފައި ތިއްބެވެ. ނަމަވެސް ކޯޓުން ވަނީ ވަލު ދޮރާށިން ވަނުމަށް ރޮނާޑޯގެ ލޯޔަރުން އެދުނު ނަމަވެސް އެކަމަށް ހުއްދަ ނުދީފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ސްޕެއިންގެ ކޯޓުން ހުކުމްކޮށްފައިވަނީ ޝެލް ކޮމްޕެނީއެއް މެދުވެރިކޮށް ފޮޓޯ ސްޕޮންސަރއިން ލިބޭ އާމްދަނީ ސްޕެއިންގެ ބޭރުގެ އެކައުންޓަކަށް ޖަމާކޮށް، ޓެކްސް ނުދައްކާ މަކަރުހަދާފައި ވާތީއެވެ، ރޮނާލްޑޯ ޖަލުހުކުމުން ސަލާމަތްވެފައިވާ އިރު، ސްޕެއިންގައި އާންމުކޮށް، 2 އަހަރަށްވުރެ މަދުން ކޮށްފައިވާ ޖަލުހުކުމްތަކުން ސަލާމަތް ވަނީ ޖޫރިމަނާ ދަކައިގެންނެވެ.
ކުރިން ރޮނާލްޑޯވަނީ 23 މަހުގެ މުއްދަތަށް އެެއްބަސްވެ ޕްރޮސެކިއުޓަރުންނާއެކު ޑީލް ހަދާފައެވެ،